logoEN
Sto top
ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕުގެ އިންތިޒާމު ކޮމެޓީގެ ޗެއާއަކަށް މެމްބަރު ނިޒާރު، ވައިސް ޗެއާއަކަށް ފައިހަތު!

ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕުގެ އިންތިޒާމު ކޮމެޓީގެ ޗެއާއަކަށް މެމްބަރު ނިޒާރު، ވައިސް ޗެއާއަކަށް ފައިހަތު!

އަހުމަދު ޝުރާއު

logo

9/12/2025, 1:22:04 PM

# ކެރަމް ވޯލްޑް ކަޕް

-

މި އަހަރު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ އިންތިޒާމު ކޮމެޓީގެ މެމްބަރުން ތައާރަފްކޮށްފި އެވެ.

Wamco

މި މުބާރާތުގެ ރަސްމީ މީސް މީޑިއާ މަންސަތަކުގައި މުބާރާތުގެ އިންތިޒާމު ކޮމެޓީގައި ހިމެނޭ މެމްބަރުންގެ މައުލޫމާތުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން މުބާރާތުގެ އިންތިޒާމު ކޮމެޓީގެ ޗެއާމަނަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިސްމާއީލް ނިޒާރު އެވެ. އަދި ވައިސް ޗެއާމަނަކީ ގދ އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ހުސެއިން ފައިހަތު ގުދުރަތުالله އެވެ.

މިމުބާރާތުގެ އިންތިޒާމު ކޮމެޓީގައި ޗެއާމަންއާއި ޗައިސް ޗެއާމަން ހިމޭހެން 8 މެމްބަރުން ތިއްބަވައެވެ. އެގޮތުން ދެން މި ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ:

  1. ހުސެއިން ރައުޝާން - ޗެމްޕިއަންޝިޕް ސެކެޓްރީ
  2. އަސްލަމް އަލީ - އޯގަނައިޒިންގ ސެކެޓްރީ
  3. އަލީ މާހިރު - ޓެކްނިކަލް ޑިރެކްޓަރު
  4. އިސްމާއިލް ފަރުހާދު އަހުމަދު - މެމްބަރު
  5. ބައްސާމް ރަޝީދު - މެމްބަރު
  6. އަލީ ރުޒާމް - މެމްބަރު

7 ވަނަ ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުމަށް ތަވާލުކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު 2-6 އަށެވެ. އެގޮތުން މި މުބާރާތް ކުރިޔަށްދާނީ މާލޭގައި ހުންނަ އެންމެ މަތީ ފަންތީގެ އެއް ހޮޓެލް ކަމަށްވާ ބާސެލޯސް ނަަސަންދުރާގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC