
-
ކ ތިލަފުށީގައި ލޮރީއެއް ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީކ ތިލަފުށީގައި އެކްސްކަވޭޓަރެއް ކައިރީ މަަސައްކަތްކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި އެމީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލަ މިއަދު 14:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި މިހާރު އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އަދި މި މައްސަލައާއި ގުޅިގެން ލޮރީ ދުއްވި އިންޑިއާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އަންނަދުަރައި ބިދޭސީއަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ލޮރީވެސް މިހާރު ވަނީ ޓޯވްކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން އެމްޕީއެލް އިން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި

ތިލަފުށީގައި ލޮރީއެއް ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް!




