
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން އެމްޕީއެލް އިން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި
# ތިލަފުށި# އެމްޕީއެލްފޮޓޯ: އެމްޕީއެލް
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން، ޝިޕިންގ އޭޖެންޓުންނާއި، އެއަރލައިން އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވަރޑަރުންނާ މިއަދު ބައްދަލުކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންނާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ މަޝްވަރާތަކުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން، އެމް.ޕީ.އެލްގެ އެންމެ މުހިންމު އެއް ސްޓޭކްހޯލްޑަރުންތައްް ކަމުގައިވާ ޝިޕިންގ އޭޖެންޓުންނާއި، "ސީ-ޓު-އެއަރ ކާގޯ" ގެ ޚިދުމަތް ދެމުންދާ އެއަރލައިންތަކުގެ އޭޖެންޓުންގެ އިތުރުން، ފްރައިޓް ފޯވަރޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
މި ބައްދަލުވުމުގައި ބައިވެރިންވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން އޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ޚިޔާލުތަކެއް ހިއްސާކުރައްވާފައެވެ.
މި މަޝްރޫޢާ ގުޅިގެން އެމް.ޕީ.އެލް އިން މިހާތަނަށް ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާއި ވެސް ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެެކެވެ. ތިލަފުށީ ބަނދަރު ތަރައްގީކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ ބަނދަރެއް ގޮތަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.
ގުޅުންހުރި

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން އެމްޕީއެލް އިން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި

އެމް.ޕީ.އެލް އިން ރަސްފަންނުގައި ހަދާފައިވާ ފާޚާނާބަރި މިނިސްޓްރީ އާ ހަވާލުކޮށްފި
.jpeg&w=3840&q=75)



