
މާލޭގައި ކުރިޔަށް ދިޔައީ ހެއްކަށް ނުފޫޒު ފޯރުވާތީ ހިންގި އޮޕަރޭޝަނެއް: އެކަކު ހައްޔަރުކޮށް ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓައިފި
# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ހަފްތާ ނޫސް
މިއަދު މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮަޕަރޭޝަނެއްގައި އެކަކު ހައްޔަރުކޮށް އިތުރު ބައެއް ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓައިފި އެވެ.

ފުލުހުން މިއަދު ބުނީ ޝަރީއަތް ހިންގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގައު މާލޭގައި މިއަދު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ނަމަވެސް މިއީ ކޮން މައްސަލައަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައާއި ގުޅިގެން މިރޭ ފުލުހުން ބުނީ މިއަދުގެ އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭ ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ.
އޭގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި އިތުރު 2 މީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަން ފުލުހުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދުގެ ހެނދުނުން ފެށިގެންނެވެ.
ގުޅުންހުރި
ސްކޭމުގެ މައްސަލަތަކުގައި ގައިދީންގެ ބައިވެރިވުން: މާފުށި ޖަލު ބަލައި ފާސްކޮށް 33 ފޯނު އަތުލައިގެންފި

ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ހުޅުމާލެއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
