
-
އައްޑޫ ސިޓީގައި ބާއްވާ ފަހެލި ބޫޓް ކޭމްޕް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫގައި "ފަހެލި ބޫޓް ކޭމްޕް 2025" ގެ ނަމުގައި ބޫޓް ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. . މިބޫޓް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައެވެ.
މިކޭމްޕް ބޭއްވުމަށް ތަވާލުކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރ މަހު ގެ ފަހުކޮޅު އެވެ.
"ފަހެލި ބޫޓް ކޭމްޕް 2025" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓޭމްބަރ 2025 ން ފެށިގެން ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ބޫޓް ކޭމްޕްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރ 9336787 އަށް ގުޅުއްވުމަށް ވަނީ އެދިފައި އެވެ.
ގުޅުންހުރި

މީދޫ އާއި ހުޅުދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން!

ވަކި ކައުންސިލްތައް އުފެދިއްޖެ ނަމަ ބްލޮކް ގްރާންޓުގެ ގޮތުގައި ފޭދޫއަށް 25 މިލިއަން، ހުޅުދޫއަށް 13 މިލިއަން ، މީދޫއަށް 18 މިލިއަން!

އައްޑޫ ވޯޓު: ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
.webp&w=3840&q=75)




