logoEN
Sto top
މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

9/9/2025, 2:42:53 PM

# އާރްޑީސީ

-

ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

Wamco

ސަރުކާރުން މި މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ މިއަދު އެވެ. އެގޮތުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މިކަމާއި ބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީޙް އަފީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ސަރުކާރުން މި މަޝްރޫއު އާރްޑީސީއާއި ހަވާލުކުރީ 82,938,294.36 ރުފިޔާއަށް 720 ދުވަހުން ނިންމާ ގޮތަށެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާއި އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދަވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC