logoEN
Sto top
ޔަހޫދީން ގަތަރުގެ ވެރިރަށަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ޔަހޫދީން ގަތަރުގެ ވެރިރަށަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

އަހުމަދު ޝުރާއު

logo

9/9/2025, 2:36:50 PM

# ރައީސް މުއިއްޒު

-

ޔަހޫދީ އިސްރާއީލު އަސްކަރިއްޔާއިން މިއަދު ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ވައިގެ ހަމަލާ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

Wamco

ގަތަރުގެ ވެރިރަށް ދޯހާގައި ހުރި އިމާރާތަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާދިންކަން އިސްރާއީލުން ރަސްމީކޮށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.

މި ހަމަލާއާއިގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަތަރު ދައުލަތުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިފަދަ ނުބައި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ވަރަށް ބޮޑަށް ޚިލާފުވުމެއް ކަމަށާއި، މިއީ ސިޔާދަތީ ޤައުމެއްގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖެއިން އިން ގަތަރުގެ ދައުލަތާއިއެކު އޮތް ކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފުވާ ފަދަ މި ފަދަ އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC