logoEN
Sto top
ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

އަހުމަދު ޝުރާއު

logo

9/9/2025, 10:06:39 AM

# ރައީސް މުއިއްޒު

-

ބޭސް ރާއްޖެ އެތެރެކުރުމަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފައްދައިފި އެވެ.

Wamco

ރައީސް އޮފީހުން މިއަދު ބުނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވާފައިވާ ކަމަށެވެ..

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC