logoEN
Sto top
ރައްޔިތުން އެދުމުން ދޮންފަނު ބިން ނުހިއްކާ ގޮތަށް ރައީސް ނިންމަވައިފި

ރައްޔިތުން އެދުމުން ދޮންފަނު ބިން ނުހިއްކާ ގޮތަށް ރައީސް ނިންމަވައިފި

އަހުމަދު ޝުރާއު

logo

9/9/2025, 7:43:31 AM

# ރައީސް މުއިއްޒު

-

ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެފައިވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއިވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވުމާއިއެކެ، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައި އެވެ. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މި ނިންމުން ނިންމާފައިމިވަނީ ބިން ހިއްކުމުގެ މަޝްރޫއާއިއެކު ދޮންފަނާއި ޖެހިގެންއޮތް ބ.އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ފާޅުކޮށްފައިވަނިކޮށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC