logoEN
Sto top
 ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ބެޗް 1 ގެ ދަސްވެނިވުން ބާއްވައިފި

ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ބެޗް 1 ގެ ދަސްވެނިވުން ބާއްވައިފި

އަހުމަދު ޝުރާއު

logo

9/8/2025, 6:14:22 PM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

Wamco

ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

27 ބައިވެރިންގެ ތެރެއިން، އެކި ސަބަބުތަކާހުރެ މި ކޯސް ފުރިހަމަކޮށްފައިވަނީ 22 ފަރާތެވެ. މިއީ މި ކޯހުގެ ފުރަތަމް ބެޗެވެ.

މި ކޯހުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ދިނުން ހިމެނުނެވެ. އެގޮތުން މި ޕްރޮގްރާމްގެ “ބެސްޓް އޯލް ރައުންޑް” އަށް ޕްރިޒަން ޕްރައިވެޓް އިބްރާހިމް ނަސީރު ހޮވިފައިވާއިރު، ޕްރޮގްރާމްގެ “ފިޓަސްޓް އަންހެން އަދި ފިރިހެން” އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޝަހުމަދު ޝަމީމް އާއި ޕްރިޒަން ޕްރައިވެޓް އާއިޝަތު އިމްޝާ އަރީފްއެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” އަކަށް ހޮވިފައިވަނީ އައިވަރީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤްއެވެ.

ހަތަރު މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ ސެޓްފިކެޓް 01 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01 ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC