logoEN
Sto top
ހުޅުމާލެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

ހުޅުމާލެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

9/8/2025, 5:24:13 PM

# އެޗްޑީސީ

ހުޅުމާލެ ރަށު މާރުކޭޓު : ފޮޓޯ | މިހާރު

ހުޅުމާލެ ރަށު މާރުކެޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު، ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

Wamco

އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ ގޮޅި ކަމަށާއި އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެކުންފުނީން ވަނީ ބުނެފައި އެވެ.

ފޯމު ހުށައަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
  1. ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރަޖިސްޓަރކޮށްފައިވާ ވިޔަފާރިވެރިއެއްކަމުގައިވުން
  2. މީލާދީގޮތުން 18 އަހަރު ފުރިފައިވުން
  3. ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިންގުމުގެ އެއްބަސްވުމެއްގައިވާ ފަރާތެއްކަމުގައި ނުވުން
  4. އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ހުރި ފަރާތެއްކަމުގައި ނުވުން

މި ގޮޅިތަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ މަހަކު 7،500 ރުފިޔާގެ ކުއްޔަކަށެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 22،500ރ. ގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެ ގޮޅިތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރު ނެގުން އޮންނާނީ އޮކްޓޫބަރު 16 ވަނަ ދުވަހުގެ ހެނދުނު އެވެ.

ގޮޅި ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނާނީ ހަމައެކަނި އީމެއިލް ([email protected]) ޒަރިއްޔާއިން ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC