
-
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހ.މެލްބޯން ގޭގެ 2ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގެ ހުޑެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 11:00 ހާއިރެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 11:17 ހާއިރެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ގުޅުންހުރި
ވަލެއް އައްސަން މޫދަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ




