
ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ 12 ދަރިވަރަކު ޗައިނާއަށް!
# ޗައިނާ - ރާއްޖެ-
ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025" ގައި ބައިވެރިވާ ދިވެހި ދަރިވަރުންނާ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައްދަލުކުރައްވައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ 2025 ސެޕްޓެންބަރު 9 އިން 2025 ސެޕްޓެންބަރު 12ގެ ނިޔަލަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގައެވެ.
މި ޕްރޮގްރާމްގައި 11 ސްކޫލަކުން ޖުމްލަ 12 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެން ދަރިވަރުންނާއި, 6 ފިރިހެން ދަރިވަރުންނެވެ.
މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުންނަށް ޗެންގުއާ ޕްރައިމަރީ ސްކޫލާއި، ސަންސިންގްޑޫއީ މިއުޒިއަމް ގެ އިތުރުން ޑުޖިއާންޖިއަން ރިސާޗް ސެންޓަރ ފޯ ޖަޔަންޓް ޕަންޑާސްއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ޗައިނާގެ ސަގާފީ ޙަރަކާތްތައް ބަލާލުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޗައިނާގެ ސަގާފަތާއި ތާރީޚާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާއިރު, އެ ޤައުމުގައި ދިވެހިރާއްޖޭގެ ސަގާފަތް ދައްކާލުމަށް މަގުފަހިވެގެންދެއެވެ. އެހެންކަމުން, މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިނިސްޓަރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
-1781172054177.webp&w=3840&q=75)
ޗައިނާގެ ބޮޑު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމްގެ ގޮވާލެއްވީ ސަރަޙައްދީ ސުލްޙައަށް އެންމެން ގުޅެން!

ޗައިނާ ސަފީރު، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި




