
-
ދިވެހި ފަތުރުވެރިކަމުގެ އެއް ބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މަރްހޫމް މުޙައްމަދު އުމަރު މަނިކުގެ ހަނދާނަށް ހުޅުވާލެވިފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ތާރިގް އިބްރާހީމް ސޮއިކުރައްވައިފިއެވެ.

މަޓީއިން ހުޅުވާލި މި ތައުޒިޔާގެ ދަފްތަރުގައި ވަޒީރު ތާރީގް ސޮއިކުރެއްވީ މިއަދު ހަވީރު އެވެ.
ވަޒީރު ތާރިގު ، މަރްހޫމް އެމްޔޫ މަނިކުގެ ހަނދާނުގައި ލިޔުއްވި ނޯޓުގައި، ދިވެހި ޤައުމަށް މަނިކުފާނު ކުރެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ބައްޓަންކުރުމުގައި އެމަނިކުފާނު އަދާކުރެއްވި ދުރުވިސްނޭ ލީޑަރޝިޕް ވަޒީރު ވަނީ ވަރަށް ބޮޑަށް ބަޔާންކުރައްވާފައެވެ.
އެމަނިކުފާނުގެ ވިސްނުންތެރިކަމާއި ކެރިކުޅަދާނަކަމުގެ ސަބަބުން، ދިވެހިރާއްޖެއަކީ މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީ ސަފުގައި ފާހަގަކުރެވޭ އެއް މަންޒިލްކަމަށް ވަޒީރުގެ ނޯޓުގައި ފާހަގަކުރައްވާފައި ވެއެވެ.
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރުގައޮ ދަފްތަރުގައި ސޮއިކުރުން ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ދަފްތަރުގައި ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެމްޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު ހުޅުވާފައިވަނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ 4 ވަނަ ފަންގިފިލާގައެވެ.
މި ދަފްތަރުގައި ޢާންމުންނަށްވެސް ސޮއިކުރެވޭނެއެވެ.
ގުޅުންހުރި

އެމްޔޫ މަނިކުގެ ތައުޒިޔާގެ ދަފްތަރުގައި ވަޒީރު ތާރީގު ސޮއިކުރައްވައިފި

5 މިލިއަން ގަސް މަޝްރޫޢު: އެމްޓީސީސީއާ ގުޅިގެން ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބަހަނީ!

ޖަވާކާރާ އައިލެންޑްސް މޯލްޑިވްސްގައި މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި
