
5 މިލިއަން ގަސް މަޝްރޫޢު: އެމްޓީސީސީއާ ގުޅިގެން ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބަހަނީ!
# އެންވަޔަރަމަންޓް މިނިސްޓްރީ-
"5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ހާމަކޮށްފި އެވެ.

އެމިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކުގައި ކަމަށެވެ.
އަދި މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ހައިވަކަރު ގަސްތަކަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފައިދާހުރި ގަސްތަކެކެވެ.
ގަސް އިންދުމުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ. އެމްޓީސީސީގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށްގެންދިއުމަކީ، ގިނަ އަތޮޅުތަކެއްގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ފައިދާ ލިބިގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ރަށްތަކުގެ ފެހިކަން އިތުރުވެ، ރީތި މާހައުލެއް ޤާއިމުވެގެން ދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ގުޅުންހުރި

އެމްޔޫ މަނިކުގެ ތައުޒިޔާގެ ދަފްތަރުގައި ވަޒީރު ތާރީގު ސޮއިކުރައްވައިފި

5 މިލިއަން ގަސް މަޝްރޫޢު: އެމްޓީސީސީއާ ގުޅިގެން ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބަހަނީ!

ޖަވާކާރާ އައިލެންޑްސް މޯލްޑިވްސްގައި މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި
