
ޖަވާކާރާ އައިލެންޑްސް މޯލްޑިވްސްގައި މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ޅ އަތޮޅުގައި ހިންގަމުން އަންނަ ޖަވާކާރާ އައިލެންޑްސް މޯލްޑިވްސްގައި މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި އެވެ.

މިއަދު އެރިސޯޓުގައި އޮތް ރަސްމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިގް އިބްރާހިމެވެ.
މި ސެންޓަރަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރިއެރުވުމަށްޓަކައި ގާއިމުކުރެވުނު މަރުކަޒެކެވެ. މި ފެސިލިޓީގެ ސަބަބުން ދިވެހިންނަށް ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގުދުރަތީ ވެށި (އީކޯސިސްޓަމް) އަދި ކަނޑުފަޅު ރައްކާތެރިކުރުމާ ގުޅޭ ދިރާސާތައް ކުރުމުގެ ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ކަނޑުގެ ދިރުންތަކާއި، ކަނޑުގެ ވަށައިގެންވާ މާހައުލާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދައި، އެ ތަކެތި ދެމެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ހައްލުތައް ހޯދުމަށް މަގުފަހިވާނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
މި ސެންޓަރުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ދިރުންތައް ދިރާސާކޮށް، އެތަންތަން ދެމެހެއްޓުމަށް ކުރެވެންހުރި މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ޠާރިގް އިބްރާހިމް ވިދާޅުވިއެވެ. މިފަދަ ދިރާސާތަކުގެ ނަތީޖާ އަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއަށް ކުރާ މަސައްކަތަށް ވަރަށް މުހިންމު މައުލޫމާތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މެރިން ރިސާޗް ސެންޓަރާއެކު ދިވެހިރާއްޖެއަކީ ކަނޑުގެ ދިރާސާތައް ކުރާ ބައިނަލްއަޤުވާމީ މުހިންމު މަރުކަޒެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށްވެސް މަގުފަހިވެގެންދާނެއެވެ.
ގުޅުންހުރި

އެމްޔޫ މަނިކުގެ ތައުޒިޔާގެ ދަފްތަރުގައި ވަޒީރު ތާރީގު ސޮއިކުރައްވައިފި

5 މިލިއަން ގަސް މަޝްރޫޢު: އެމްޓީސީސީއާ ގުޅިގެން ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބަހަނީ!

ޖަވާކާރާ އައިލެންޑްސް މޯލްޑިވްސްގައި މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި
