
މެލޭޝިޔާގައި ބާއްވާ އިސްލާމިކް ގަވާނަންސް ކޯހުގެ ބައިވެރިވާ ދިވެހި ވަފުދު ފުރައިފި
# ރާއްޖެ - މެލޭޝިއާ-
މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރައިފިއެވެ.

މި ކޯހުން ފުރުސަތު ދީފައިވަނީ އިމާމުންނާއި ޚަޠީބުންގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބައެއް މުވައްޒަފުންނަށެވެ.
މި ކޯހުގެ ބައިވެރިން މެލޭޝިޔާގެ އިސްލާމީ އެކި މުއައްސަސާތަކުގެ މަސައްކަތައް ކުރިއަށްދާ ގޮތް ބެލުމާއި އިސްލާމީ ތާރީޚީ ބައެއް ތަންތަނަށް ޒިޔާރަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ކޯހުގެ ތެރެއިން އިސްލާމިކް ގަވަނަންސް އަދި އެޑްމިނިސްޓްރޭޝަންއާއި ގުޅޭ މުހިއްމު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ.
2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
މެލޭޝިޔާގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއަށް އިންތިހާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި

މެލޭޝިޔާގައި ބާއްވާ އިސްލާމިކް ގަވާނަންސް ކޯހުގެ ބައިވެރިވާ ދިވެހި ވަފުދު ފުރައިފި

މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވައިފި

.gif&w=3840&q=75)



