logoEN
Sto top
ރައީސް މުއިއްޒު، ބްރެޒިލްގެ ރައީސަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް މުއިއްޒު، ބްރެޒިލްގެ ރައީސަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

9/7/2025, 10:44:48 AM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބްރެޒިލްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ލުއީޒް އިނާސިއޯ ލޫލާ ޑެ ސިލްވަރއާއި ސަރުކާރާއި އަދި ބްރެޒިލްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

Wamco

އެމަނިކުފާނުގެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއާއި ބްރެޒިލް އާ ދެމެދު އޮތް އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ. އަދި ބެލެމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީ.އޯ.ޕީ 30 ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް އިންތިޒާރުކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ސިޓީފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން އިތުރުވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ރައީސް ލޫލާ ޑެ ސިލްވަރއަށް، ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، އެޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމުގައި ދިވެހިރާއްޖެއިން މަސައްކަތްކުރައްވާނޭކަމަށް ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC