logoEN
Sto top
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދެމުންދާ ބަޖެޓު 10 އިންސައްތައަށް ބޮޑުކުރަން ނިންމައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދެމުންދާ ބަޖެޓު 10 އިންސައްތައަށް ބޮޑުކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

9/5/2025, 5:20:35 PM

# ރައީސް މުއިއްޒު

-

ކައުންސިލްތަކުގެ ބަޖެޓުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދެމުންދާ ބަޖެޓު 10 އިންސައްތައަށް ބޮޑުކުރަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، މުހިންމު 2 ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގެންނަން ނިންމަވާފައިވާ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު ބަދަލަކަށް ރައީސް ފާހަގަކުރެއްވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5% (ފަސް އިންސައްތަ) ދެގުނަ ބޮޑުކޮށް، %10 (ދިހަ އިންސައްތަ) އަށް ބަދަލުކުރުމެވެ.

View post on Twitter

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށްވެސް ނިންމަވާފައިވާކަން ރައީސް މިރޭ ހާމަކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC