
ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި އާބާދީގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރާ ގޮތަށް ރައީސް ނިންމަވައިފި
# ރައީސް މުއިއްޒު-
ކައުންސިލްތަކަށް ސަރުކާރުގެ ބަޖެޓުން ދޭ ބްލޮކް ގްރާންޓު ދިނުމުގައި އާބާދީ އަށް ބެލުމުގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުގެންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށާއި ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫން ކަމަށެވެ.
މިއާއިއެކު ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައި އެވެ.
ގުޅުންހުރި
ރާއްޖޭގެ ޤައުމީ ޓީމަށް ރައީސް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

ރައީސް މުއިއްޒު، ބްރެޒިލްގެ ރައީސަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
