logoEN
Sto top
"ޓްރޭޑިއަން" ޕޯޓަލްއަށް ކަސްޓަމްސްގެ އިތުރު ހިދުމަތެއް!

"ޓްރޭޑިއަން" ޕޯޓަލްއަށް ކަސްޓަމްސްގެ އިތުރު ހިދުމަތެއް!

އަހުމަދު ޝުރާއު

logo

9/4/2025, 11:50:36 AM

# ކަސްޓަމްސް ސާވިސަސް

-

ކަނޑުމަގުން ރާއްޖެއަށް ގެންނަ އަދި ގެންދާ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގގެ މަޢުލޫމާތު "ޓްރޭޑިއަން" ޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅޭނެ ކަމުގައި އެ ސަރވިސް އިން ބުނެފިއެވެ.

Wamco

ކަސްޓަމްސް އިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑު މަގުން ރާއްޖެއަށް މުދާ ގެންނަ ޙާލަތްތަކުގައާއި ރާއްޖެއިން މުދާ ބޭރުކުރާ ޙާލަތްތަކުގައި، ކަސްޓަމްސް ޢާންމު ގަވާއިދުގެ ނުވަވަނަ ބައިގެ ތިންވަނަ ބާބުގެ ދަށުން، އެފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވާން ޖެހޭ ކަމަށެވެ. އަދި މި ގަވާއިދުގެ ދެވަނަ ބައިގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ކަމަށްވެސް އެ ސަރވިސް އިން ބުނެފައިވެއެވެ.

އެހެންކަމުން ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، މިފަދަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، މާސްޓަރ ބިލް އޮފް ލޭޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވަރޑަރު، ކަސްޓަމްސްއަށް ހުށަހަޅަންވާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

އަދި މި މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC