logoEN
Sto top
ވ ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ބިނާކުރަން ސޮއިކޮށްފި

ވ ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ބިނާކުރަން ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

9/4/2025, 8:37:17 AM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

-

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވ. އަތޮޅު ފެލިދޫ އަދި ވ. ތިނަދޫގައި ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒުތައް ބިނާކުރުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Wamco

މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ އިއްޔެ ތިމާވެއްޓާބެހޭ ވުޒާރާގައި އެވެ. އެގޮތުން މި ދެ ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49ރ (ތިންމިލިއަން އަށްލައްކަ ތިރީސްފަސްހާސް ތިންސތޭކަ އެކާވީށް ރުފިޔާ ސާޅީސްނުވަ ލާރި) އެވެ.

ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް އަހްމަދު ނިޒާމެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

މިދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީންވަނީ މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްޔާ މެޝިނާއި ވުޑް ޗިޕަރ ހިމެނޭކަމުގައި ފާހަގަކުރެވެއެވެ.

ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން، މި ދެ ރަށުގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ގާއިމުކުރެވޭނެ ކަމަށާއި މިއީ ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢެކެވެ.

މި މަރުކަޒުތައް ގާއިމުކުރުމުން، ވ. އަތޮޅުގެ މި ދެ ރަށުގެ ކުނި ނައްތާލުމުގެ ކަންކަން ހަރުދަނާވެ، ރައްޔިތުންނަށް ދުޅަހެޔޮ މާހައުލެއް ލިބިގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC