
ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި
# ޠާރިޤް އިބްރާހީމް# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާފޮޓޯ:މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ހައި އެކްސެލެންސީ ޑޭވިޑް ޖެސަޕް މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މެދުގައި އިސްތިރާޖީ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ކެތްކުރެވޭފަދަ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
މިގޮތުން، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމާއެކު، އިޤްތިޞާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދެ ދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤް ވަނީ، ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ސަރުކާރާއި އަމިއްލަ ދާއިރާ ގުޅިގެން މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.
އަދި ހަމައެހެންމެ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި މަޝްވަރާތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ތިމާވެއްޓާ އިތުރަށް ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ދާއިރާއަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގުޅުންހުރި

ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ކިނޮޅަހުގައި އެންމެ ފަހުގެ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ!

ސްޓޮކްހޯމް ކޮންވެންޝަންގެ ގައުމީ އަމަލީ ތަފްސީލު އަލުން ދިރާސާކޮށް މުރާޖާކުރުމުގެ 2 ވަނަ ބައްދަލުވުން ބާއްވައިފި





