
ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިނގުމަށް މަޝްވަރާކޮށްފި
# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ-
ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ސްޕޯޓްސް މިނިސްޓްރީގައި އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެގޮތުން މި ބައްދަލުވުމުގައި ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް، މަރުކަޒުންނާއި އަދި މުޖުތަމައުއިން ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއިއެކު ދެމެހެއްޓެނިވި ފަހި ފުރުސަތުތަކެއް އެ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފްކުރުމާއިގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ގުޅުންހުރި

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާމެންދޫ ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިން ޓްރެކް ފްލެޓްފޯމެއް ގާއިމުކުރުމަށް ސޮއިކޮށްފި




