logoEN
WAMCO TOP 1
އަންނަ ހަފުތާގައި ކަމަދޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށަނީ

އަންނަ ހަފުތާގައި ކަމަދޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށަނީ

އަހުމަދު ޝުރާއު

logo

9/3/2025, 10:57:17 AM

# މޯލްޑިވިއަން

-

އަންނަ ހަފުތާގައި ކަމަދޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

THE TRAVELLER AD

ގައުމީ އެއާލައިން މޯލްޑިވިއަން މިއަދު ބުނީ އެ އެއާލައިނުން ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި ދުވަހު އެވެ. ދަތުރުތައް ފަށާއިރު ހާއްސަ ފެއާއެއްގެ ގޮތުގައި މާލޭން ކަމަދުއަށް އެއްކޮޅު ޓިކެޓެެއް ވިއްކާނީ 1،199ރ. އަށެވެ.

ކަމަދޫއަށް ސްޕްލޭންގެ ހިދުމަތް ފެށުމަށްޓަކައި ގައުމީ އެއާލައިން، މޯލްޑިވިއަންއިން މިދިޔަ މަހު 11 ވަނަ ދުވަހު ސޮއިކުރީ އެރަށުގައި ފުޅާދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުން އަންނަ ހޯކްސް އާއި ދެމެދު އެވެ.

މި އެއްބަސްވުމާއިއެކު މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް އެރަށުގައި ދެމުންދާނީ ހޯކްސް އާއި ގުޅިގެންނެވެ. ރަސްމީ ދަތުރުތައް އަންނަ ހަފްތާގައި ފެށުމަށް ނިންމާފައިވިނަމަވެސް މިއަދު އެރަށަށް މޯލްޑިވިއަންއިން ވަނީ ފުރަތަމަ ދަތުރުކޮށްފައެވެ.

ލޯކަލް ޓުއަރިޒަމްގެ ތެރެއިން ގެސްޓްހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ކަމަދުއަށް އީދާއި ބޮޑު ޗުއްޓީ ފަދަ ބަންދުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ޒިޔާރަތްކުރެ އެވެ.

ކޮމެންޓް
ފަހުގެ
HDC