logoEN
WAMCO TOP 1
 ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންނާއި އެއް ފޮޓޯފުޅެއްގައި ރައީސް މުޢިއްޒު!

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންނާއި އެއް ފޮޓޯފުޅެއްގައި ރައީސް މުޢިއްޒު!

އަހުމަދު ޝުރާއު

logo

9/3/2025, 9:21:35 AM

# ރައީސް މުއިއްޒު

-

ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

THE TRAVELLER AD

ޗައިނާގެ ބެއިޖިންގެ ޓިއަނަންމެން ސްކޮއަރ ގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވީ، ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ ގެ ދަޢުވަތަކަށެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރަޝިޔާގެ ރައީސް ޕުޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ޖިމް ހިމެނިވަޑައިގަންނަވައެވެ.

ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމަނިފާނުގެ އަރިހުގައި އެޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި، މިހާރު ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ އެހެން ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތު ނިންމާލާފައިވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި، ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ، ދެއްވި ފުރަމާނަޖާފަތަކަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC