logoEN
Sto top
ދިވެހި ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 150 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 150 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި

އަހުމަދު ޝުރާއު

logo

9/1/2025, 3:30:02 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.

Wamco

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. މިރަސްމިިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގައި 35 އަހަރު، 30 އަަހަރު، 25 އަހަރު އަދި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 150 މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވެއެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.

މިއަދު ފާހަގަކުރާ ފުލުހުންގެ ޚިދުމަތު ދުވަހަކީ 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށި ދުވަހެވެ. އެގޮތުން މިއަހަރު ފާހަގަކުރަމުންދަނީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭތާ 21 ވަނަ އަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC