logoEN
Sto top
ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުކުރު!

ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުކުރު!

އަހުމަދު ޝުރާއު

logo

9/1/2025, 9:27:38 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

Wamco

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ހިދުމަތް 2004ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެގެންދިޔައެވެ. އޭގެ ފަހުން ފާއިތުވި 21 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ޚިދުމަތް ފޯރުކޮށްދެމެންނެވެ.

ފުލުހުންގެ ޚިދުމަތް ފުޅަކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސަރުކާރުން ނިންމަވާފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނެތް ކޮންމެ ރަށެއްގައި ވެސް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ހިދުމަތް ގާއިމުކުރުމުކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC