
އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ފެނަކައިންވެސް ކެރިއަރ ގައިޑެންސް ޕްރޮގްރާމުތަކެއް: 1126 ދަރިވަރުން ބައިވެރިވި!
# ފެނަކަ ކޯޕަރޭޝަން--
ގައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެނަކަ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމު ތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

ފެނަކައިން ބުނީ އޯގަސްޓު މަހުގެ 30 ފެށިގެން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށްކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1126 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
މިގޮތުން ގްރޭޑް ދިހައަކުން މަތީގެ ދަރިވަރުންނަށް ކުރިޔަށް ގެންދިޔަ މި ސެޝަން 16 ރަށެއްގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
ފެނަކައިން ބުނީ މިފަދަ ހަރަކާތެއް ހިންގުމުގެ ބޭނުމަކީ ސްކޫލު ދަރިވަރުންގެ ހިތްތަކުގައި އިންޖިނޭރިންގ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް އެދާއިރާގެ ހުރި ފުރުސަތުތައް ދައްކާލުން ކަމަށެވެ.
މި ހަރަކާތުގައި އެ ދަރިވަރުންނަށް ވަނީ ފެނަކައިން އެ ރަށްތަކުގައި ހިންގާ އިންޖީނުގެ ތަކާއި މަސައްކްތައް ކުރިޔަށް ގެންދާ އެހެނިހެން ސަރަހައްދުތަކަށް ކުދިން ގެންގޮސް އެތަންތަނުގައި ކުރާ މަސައްކަތްތައް ކިޔާދީ އެ މަސައްކަތްކުރާ ގޮތުގެ މައުލޫމާތު ދީފައިވާކަމަށް ފެނަކައިން ބުނެއެވެ.
ގުޅުންހުރި

އައްޑޫއިން ރޭ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނުގެ ކޭބަނަލަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި

ފެނަކައިގެ އައު ސީއެފްއޯއަކަށް ޖިހާދު!

އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ފެނަކައިންވެސް ކެރިއަރ ގައިޑެންސް ޕްރޮގްރާމުތަކެއް: 1126 ދަރިވަރުން ބައިވެރިވި!
