
ހަމާސްގެ ތަރުޖަމާނު އަބޫ އުބެއިދާ އަވަހާރަކޮށްލަން ހަމަލާއެއް ދީފައިވާކަން ނިރުބަވެރި އިސްރާއީލުން އިއުލާނުކޮށްފި އެވެ.

ޔަހޫދީ ދައުލަތުގެ ފަރާތުން މިކަން ހާމަކުރީ ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ނިރުބަވަެރި ބެންޖަމިން ނަތަންޔާހޫ އެވެ.
ނަތަންޔާހޫ އާއި ހަވާލާދީ އިސްރާއީލުގެ ސަރުކާރުން ހާމަކުރި ގޮތުގައި ހަމާސްގެ އަސްކަރީ ގޮފީގެ ތަރުޖަމާނު އަބޫ އޮބައިދާއާ ދެކޮޅަށް އިޒްރޭލުން އޮޕަރޭޝަނެއް ވަނީ ހިންގާފައި އެވެ. އަދި މި ހަމަލާ ދީފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެއެވެ.
ނަތަންޔާހޫ އެ ހަމަލާގެ ސައްހަކަން ކަށަވަރުކުރި ނަމަވެސް، ހަމާސްގެ ހަތިޔާރު އެޅި ގޮފި، ކަސާމް ބްރިގޭޑްސްގެ ތަރުޖަމާނުގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހަމާސްއިން ހާމަކޮށްފައި ނުވާކަމަށް އަލް ޖަޒީރާއިން ބުނެއެވެ.
ހަމާސްގެ އަސްކަރީ ގޮފީގެ ޕަބްލިކް ރެޕްރެޒެންޓޭޓިވްގެ މަގާމުގައި އެތައް އަހަރެއް ވަންދެން އަބޫ އޮބައިދާ ހުންނެވި އިރު، އޭނާ އަބަދުވެސް ފެންނަނީ އަސްކަރީ ހެދުން އަޅައިގެން، އޭނާގެ އައިޑެންޓިޓީ ފޮރުވުމަށް ރަތް ކުލައިގެ ކެފިއްޔާ ސްކާފެއް އަޅައިގެންނެވެ.
ގުޅުންހުރި

ހަމާސްގެ ތަރުޖަމާނު ، އަބޫ އުބެއިދާ އަށް އަމާޒުކޮށް ޔަހޫދީންގެ ހަމަލާއެއް!

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

މިސްރުން ހުށަހެޅި އާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގައި އޮތީ ހަމާސްގެ ހަތިޔާރުތައް ނައްތާލުމަށް: ހަމާސްއިން ދެކޮޅު!
