
ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކީ މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ - އިހްސާން
# ދިވެހި ފުލުހުންގެ ޙިދުމަތް-
ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކީ މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ފުލުހުންގެ ޔުނިފޯމާއި އަދި މުޢައްސަސާގެ ކަރާމާތް ހިފެހެއްޓުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި ކޮންމެ ފުލުހަކީ އެ މީހެއްގެ ވާޖިބުގަ ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒުކޮށްދިނުމުގަ ގޮންޖެހުންތަކެއް ހުންނާނެ ފުލުހެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޔުނިފޯމުގަ ޤައުމަށް ޚިދުމަތް ކުރުމަކީ އާދައިގެ ކަމެއްނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކުރެވޭނީ ޤައުމަށް އޮންނަ ލޯތްބާއި އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވިސްނުން ހުރެގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ފުލުހުންގެ ޚިދުމަތާ ދޭތެރޭ ފަޚުރުވެރިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ އިޙްތިރާމާއި ޤަދަރުދޭ އަދި ހިނިތުންވުމާއެކީ ޚިދުމަތްދޭ ބަޔަކަށް ކަމަށްވެސް ވިދާޅުވެފައެވެ.
ކުށަށް އަރައިގަންނަ ހާލަތްތަކުގަ ނުވަތަ ޤާނޫނާ ޚިލާފުވާ ހާލަތްތަކުގަވެސް ފުލުހުންގެ ޤާނޫނީ ދައުރު އަދާކުރަންވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ކޮންމެ ފުލުހަކީވެސް އިތުުރު ތަމްރީނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ކުރުމުގެ ވިސްނުމާއި އަމިއްލަ ނަފްސް ބިނާ ކުރާނެ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.
ރޭގެ ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވަނީ ބަދަލެއް - އިހްސާން

ބ. އަތޮޅުގެ 8 ރަށެއްގައި “ވޯކް އެންޑް ޓޯކް” ހަރަކާތްތަކެއް ހިންގައިފި

ދިވެހި ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 150 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި
