
މިނިސްޓަރު ތޯރިގް، ޔޫއެންއީއޭ ރައީސްއާއި ބައްދަލުކުރައްވައިފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ-
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ވަޒީރުންނާއި ތިމާވެށި ބެލެހެއްޓުމާބެހޭ އިދާރާތަކުގެ ހަވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަމުން، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ (ޔޫއެންއީއޭ)ގެ ރައީސްއާއި، އޯމާންގެ ތިމާވެށި ބެލެހެއްޓުމާބެހޭ އިދާރާގެ ރައީސް، ހިޒް އެކްސެލެންސީ އަބްދުﷲ ބިން އަލީ އަލް-އަމްރީއާ މުހިންމު ބައްދަލުވުންތަކެއް ބާއްވަވައިފިއެވެ.

މި ބައްދަލުވުންތައް އޮތީ އޭޝިއާ ޕެސިފިކްގެ ތިމާވެށީގެ ވަޒީރުންނާއި އެކި އިދާރާތަކުގެ ފަރާތްތަކުން އެއްވެ މަޝްވަރާކުރުމަށް ބާއްވާ ހަވަނަ ފޯރަމްގެ ތެރެއިންނެވެ.
މި ފޯރަމަކީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭ މުހިންމު މަންސައެކެވެ. މިނިސްޓަރ ޠާރިޤު އިބްރާހިމް ވަނީ މި ބައްދަލުވުންތަކުގައި ތިމާވެށި ހިމާޔަތްކުރުމާއި، ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ރަށްވެހި ގައުމުތަކަށް ތިމާވެށީގެ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޔޫއެންއީއޭގެ ރައީސްއާ ބައްދަލުކުރައްވައި ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދޭ އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އޯމާންގެ ތިމާވެށި ބެލެހެއްޓުމާބެހޭ އިދާރާގެ ރައީސް، ހިޒް އެކްސެލެންސީ އަބްދުﷲ ބިން އަލީ އަލް-އަމްރީއާ އެކު އޮތް ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދު ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ތަޖުރިބާ ހިއްސާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެވުނެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، ދިވެހިރާއްޖެއަށް ތިމާވެށީގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބައިނަލްއަޤުވާމީ ފެންވަރުގައި ހިއްސާކޮށް، އެހެނިހެން ގައުމުތަކުން ފަހިކުރާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި

ވ ފެލިދޫ އާއި ތިނަދޫގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ބިނާކުރަން ސޮއިކޮށްފި

މިނިސްޓަރު ތޯރިގް، ޔޫއެންއީއޭ ރައީސްއާއި ބައްދަލުކުރައްވައިފި

ވެށި ރައްކާތެރިކުރުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދު އިސްނަގަން ރާއްޖެއިން ގޮވާލައިފި
