
ވެށި ރައްކާތެރިކުރުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދު އިސްނަގަން ރާއްޖެއިން ގޮވާލައިފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ-
އޭޝިއާ-ޕެސިފިކް ސަރަހައްދަކީ ހަމައެކަނި ނާޒުކުކަމުގެ ސަރަހައްދަކަށް ނުވެ، ވެށީގެ ދާއިރާގައި އިސްނަގައި، އެއްބާރުލުމުގެ ރީތި ނަމޫނާއަކަށް ވުމަށް ރާއްޖެއިން ގޮވާލައްވާފައެވެ.

ރާއްޖެއިން މިފަދައިން ގޮވާލޯ އޭޝިއާ-ޕެސިފިކް ވެށި ފޯރަމް (#APENVFORUM) ގައި، ރާއްޖޭގެ ވެށި، މޫސުމީ ބަދަލު އަދި ހަކަތައާ ބެހޭ މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި އެވެ.
މިނިސްޓަރ ޠާރިޤް މިފަދައިން ވިދާޅުވެފައިވަނީ، މިހާރު ކުރިއަށްދާ #APENVFORUM ގައި، މިނިސްޓަރުންގެ ބަޔާނެއް އިއްވަވަމުންނެވެ. އެމަނިކުފާނު ވަނީ، ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ ގޮތުން އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އޭޝިއާ-ޕެސިފިކް ސަރަހައްދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނާޒުކުކަން ބޮޑު ސަރަހައްދެއް ކަމުގައި ވީނަމަވެސް، ވެށީގެ ދާއިރާގައި ބަދަލުތައް ގެނެސް، އިސްނަގައި، އެހެން ޤައުމުތަކަށް ނަމޫނާ ދެއްކުމުގެ ޤާބިލުކަން އެބައޮތް ކަމަށެވެ. އެހެންކަމުން، ގުޅިގެން މަސައްކަތްކޮށް، ހައްލުތަކަށް މަގުފަހިކުރުމަށް ވަނީ ގޮވާލައްވާފައެވެ.
މި ގޮވާލެއްވުމުން ދޭހަވަނީ، ވެށީގެ ދާއިރާގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރާއި، ދުނިޔޭގެ މައްސަލަތަކަށް ސަރަހައްދީ ގޮތުން ހައްލު ހޯދުމަށް ދެވޭ އިސްކަމެވެ.
ގުޅުންހުރި

ތިމާވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާއިން އިންޑިއާގެ ހައި ކޮމިޝަނަރާއިއެކު މަޝްވަރާކޮށްފި

'މަގޭ ސާފު ރާއްޖެ' ގައުމީ ކޮންފަރެންސް 2025 ރަސްމީކޮށް ފަށައިފި

ދެމެހެއްޓެނިވިގޮތެއްގައި ގޮނޑުދޮށް ޙިމާޔަތްކުރުމަށް ޖަޕާނު އެހީގައި ކުރިޔަށްގެންދާ މަޝްރޫއުއަށް ޑީޓެއިލްޑް ޑިޒައިން ހެދުމަށް ހަވާލުކޮށްފި





