
ނިރުބަވެރި އިސްރާއީލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 63،000 އިން މައްޗަށް އަރައިފި އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެހީއަށް ހޯދުމަށް ގޮސްތިބި 23 މީހުންނާއެކު ފަލަސްތީނުގެ 59 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
އަދި ފާއިތުވި 24 ގަޑިއިރު ދިން ހަމަލާތަކުގައި ޣައްޒާގެ 224 މީހުން ވަނީ ޒަހަމްވެސް ކޮށްލާފައި އެވެ.
މިއާއިއެކު އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 63،025 މީހުން ޝަހީދުވެ، 159،490 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެމެރިކާގެ ޖީއެޗްއެފް މެދުވެރިކޮށް އިޒްރޭލުން އާ އެހީ ބެހުމުގެ ނިޒާމެއް ތަންފީޒުކުރަން މެއި މަހުގެ 27 ވަނަ ދުވަހު ފެށިއިރު އެދުވަހުން ފެށިގެން މިހާތަނަށް އެހީ އަށް އެދި ގޮސްތިބި މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 2،203 އަށް އަރާފައިވާއިރު، 16،228 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



