-
ހދ ކުމުންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ކުމުންދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ރައީސް ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ އިތުރު ބައެއް ރަށްތަކުގެ މަގުތައް ވެސް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ވަނި އާރްޑީސީއާއި ހަވާލުކޮށްފައި އެވެ.
ގުޅުންހުރި

ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ ތިން ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!

ތިން ރަށެއްގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއަށް!

.gif&w=3840&q=75)



