
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކޯސްތަކެއް
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ-
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން އަމާޒުކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ތަމްރީން ޕްރޮގްރާމުތަކަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމުތަކެކެވެ.
އެގޮތުން ތަފާތު އެކި ދާއިރާތަކުން ކޯސްތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި، އަތްތެރި މަސައްކަތް، ކުރެހުން، ކޭކް ކޯސް، ފެޝަން ޑިޒައިނިން، ގަހަނާ ހެދުން އަދި ފޮޓޯ ނެގުމުގެ ދާއިރާ ހިމެނެއެވެ.
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ގޫގްލް ޝީޓް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ވުޒާރާއިން އެދެއެވެ. މި ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓް 2025 އެވެ.
އަދި މި ޕްރޮގްރާމުތަކާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި ވުޒާރާގެ ހޮޓްލައިން 1433 އަށާއި ވައިބަރ ނަންބަރ 7206558 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައި އެވެ.
ގުޅުންހުރި

'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ސަރުކާރު މުއައްސަސާތަކުގެ ލިއޭޒަން އޮފިސަރުންގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި





