
ހުޅުމާލެ ވޯޓާ ޕާކް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ، ހަށިގަނޑު އޮތީ ކުނިވެފައި!
# ދިވެހި ފުލުހުންގެ ޙިދުމަތްހުޅުމާލެ ވޯޓާ ޕާކް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ދާދި ދެންމެ އަކު ބުނީ ހުޅުމާލެ ވޯޓާރ ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ގާފަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު އޮތީ ގިނަ ދުވަސްވެުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކުނި ވެފައި އެވެ. އެގޮތުން އެމީހާގެ ހަށިގަނޑުން ކޮންމެވެސް ވަރެއްގެ އަނިޔާތަކެއްވެސް ފެންނަން ހުރި ކަމަށް ބައެއް މަސްދަރުތަކުން ގާފަށް ވަނީ މައުލޫމާތު ދީފައި އެވެ. ނަމަވެސް އެކަން އަދި ފުލުހުން ކަށަވަރުކޮށްނުދެއެވެ.
ފެނުނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު ފުލުހުންގެ ތަހުގީގު ޓީމަކާއި ފޮރިންސިކް ޓީމަކުން މިހާރު އަންނަނީ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވަނީ ބަދަލެއް - އިހްސާން

ބ. އަތޮޅުގެ 8 ރަށެއްގައި “ވޯކް އެންޑް ޓޯކް” ހަރަކާތްތަކެއް ހިންގައިފި

ދިވެހި ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 150 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި
