logoEN
Sto top
މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި

މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި

އަހުމަދު ޝުރާއު

logo

8/21/2025, 12:05:10 PM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

-

މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.

Wamco

އެމްޖެމް އެޑްވޮކޭޓުންނަކީ 2019 ވަނަ އަހަރު ތަސްދީގުކޮށްފައިވާ މިންތީގެ ހަމަހަމަކަމާއި ބެހޭ ޤައުމީ ސިޔާސަތާ ގުޅިގެން 2022 ވަނަ އަހަރު އިފްތިތާހުކޮށްފައިވާ ނެޝަނަލް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މީންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި އަންހެނުން ބާރުވެރި ކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާފައިވާ ފަރާތްތަކެވެ.

އެމްޖެމް އަކީ ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ހާސިލްކުރުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މިގޮތުން މި ނިޒާމުގެ ދަށުން އެމްޖެމް އެޑްވޮކޭޓުން ކަނޑައެޅުމުގެ މަޤްޞަދަކީ، ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށް ޤާނޫނާއި ގަވައިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް މަގުފަހިކުރުމެވެ.

މިގޮތުން ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާއަކާއި، ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން 70 ފަރާތެއްވަނީ އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކަނޑައަޅާފައެވެ. އެޑްވޮކޭޓުންގެ ހައިސިއްޔަތުން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވާ މުވައްޒަފުންނަކީ އެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިސް ދައުރެއް އަދާ ކުރާނެ ފަރާތްތަކެކެވެ. މި މަޤާމަށް ހޮވުމުގައި އަންހެން މުވައްޒަފުންނަށް އޮޓަމެޓިކުން ހަވާލުކުރުމުގެ ބަދަލުގައި، ފިރިހެން މުވައްޒަފުންނަށްވެސް މި މަޤާމަށް ކުރިމަތިލުމަށް ހަމަހަމަ ފުރުސަތުވަނީ ފަހިކޮށްދީފައެވެ.

ކޮންމެ އެޑްވޮކޭޓަކީ އެ އިދާރާއެއްގައި މަދުވެގެން 2 އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އެމްޖީއީއެމް އެޑްވޮކޭޓުންނަކީ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވޭ ފަދަ ސީނިއަރ ފެންވަރުގެ ފަރާތަކަށް ވާންޖެހެއެވެ. މިއީ މި ފަރާތްތަކުގެ ބައިވެރިވުމަކީ ހަމައެކަނި ރަމްޒީ ބައިވެރިވުމެއްގެ ބަދަލުގައި މާނަހުރި ބައިވެރިވުމަކަށް ހެދުމަށްޓަކައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC