
-
އޮސްޓްރޭލިޔާގެ ފްލިންޑަރސް ޔުނިވާސިޓީގެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)އަށް ޒިޔާރަތްކުރައްވައި، މަތީ ތަޢުލީމީ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ ޔުނިވާސިޓީ މެދުވެރިވެ ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލެވިފައެވެ.
އެގޮތުން، މި ވަޤުތު ކުރިއަށްގެންދާ އޮސްޓްރޭލިޔާ އެވޯޑްސް ފެލޮޝިޕް ޕްރޮގްރާމްގެ ދަށުން ސިއްޚީ ދާއިރާގެ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގައި ބޭއްވުނު މި ބައްދަލުވުމުގައި، އެ ޔުނިވާސިޓީގެ ފަރާތުން ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް އަދި އެ ޔުނިވާސިޓީގެ ބައެއް އިސްބޭފުޅުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ. މީގެ އިތުރުން، ފްލިންޑަރސް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ޕްރައިޑަކްސް ޑިސިޕްލިން އޮފް ހެލްތް ޕްރޮފެޝަންސް އެޑިޔުކޭޝަން، ޑރ. ގިލިއަން ކެޓްޓީ އަދި ޑރ. ސްވެޓްލާނާ ކިންގ ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.
.gif&w=3840&q=75)





