logoEN
PNC TOP 3
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް!

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް!

އަހުމަދު ޝުރާއު

logo

6/2/2025, 6:53:35 AM

# އޮސްޓްރޭލިއާ

--

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު އަދި އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާލްސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

PNC MID 2

ރިޗާޑް މާލްސް ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ. އެގޮތުން އޭނާއަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ދެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރިޗާޑްގެ މި ދަތުރުފުޅަކީ، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް އޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި އިންޑޮނޭޝިއާއަށް ވަޑައިގަންނަވާނެ އެވެ.

އަދި އިންޑޯ ޕެސިފިކް ސަރަޙައްދުގެ ޑިޕްލޮމެޓިކް އަދި ޑިފެންސް ޕާޓްނަރޝިޕް ތައް އިތުރަށް ހަރުދަނާކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ރާއްޖެއާއި ސްރީލަންކާ، އިންޑިޔާ އަދި އިންޑޮނޭޝިއާގެ ލީޑަރުންނާއި، ސަފީރުންނާ އެކު ރިޗާޑް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަކީން ޚާއްސަކޮށް ރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އޮސްޓްރޭލިއާއިން ދެ ޤައުމުގެ ސިޔާދަތީ ޤާބިލުކަން އިތުރުކުރުމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް އޮސްޓްރޭލިއާ ސަރުކާރުން ބުނެފައި ވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC