
-
އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވުމާއި އެކުގައި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިއު އާއި އެމްޓީސީސީގެ އެމްޑީގެ އިތުރުން މަތިވެރި ދާއިރާގެ މެމްބަރާއި ބޮޑުފުޅަދޫ ކައުންސިލްގެ ރައީސްެވެ.
މި މަޝްރޫއުއަކީ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެންކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ އިއްުޔެ އެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމަށް ގައުމީ މަޝްރޫއުއެއް ކުރިޔަށް ގެންދިޔުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައިއެވެ.
ގުޅުންހުރި

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާމެންދޫ ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިން ޓްރެކް ފްލެޓްފޯމެއް ގާއިމުކުރުމަށް ސޮއިކޮށްފި




