
ފިލިޕީންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ފަތްކޮޅު ފިލިޕީންސް ގެ ރައީސްއަށް އަރުވައިފި
# ފިލިޕީންސް-
ދިވެހިރާއްޖެއިން ފިލިޕީންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސް ގެ ރައީސް ހިޒް އެކްސެލަންސީ ފަރްޑިނެންޑް ރ. މާރކޮސް ޖޫނިއަރ އަށް އިއްޔެ އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ފިލިޕީންސް ގެ ރިޔާސީ ގަނޑުވަރުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފިލިޕީންސް ގެ ރައީސް އަށް އަރިސްކުރައްވާފައެވެ.
އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް އެރުވިއެވެ. ފިލިޕީންސްގެ ރައީސްގެ ވާހަކަފުޅުގައި ސަފީރު އަށް މަރުހަބާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގައި އެކަމަނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ޔަޤީންކަން ދެއްވިއެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ ހުސެއިން ޖައްހާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުންހުރި

ފިލިޕީންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ފަތްކޮޅު ފިލިޕީންސް ގެ ރައީސްއަށް އަރުވައިފި

ފިލިޕީންސާއި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަސްކަރީ އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފިލިޕީންސްގެ ކުރީގެ މޭޔަރު އެލިސް ގުއޯ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި
