logoEN
Sto top
މާޅޮހުގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި: މިހާރު ބ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމް ހިދުމަތް ލިބޭނެ!

މާޅޮހުގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި: މިހާރު ބ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމް ހިދުމަތް ލިބޭނެ!

އަހުމަދު ޝުރާއު

logo

8/14/2025, 11:38:17 AM

# ބީއެމްއެލް

--

ބ އަތޮޅު މާޅޮހުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

Wamco

މި ހިދުމަރް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށް ވަޑައިގެންނެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާޅޮހުގައި ފެށިގެން ދިޔަ ހިދުމަތާއި ގުޅޭގޮތުން ބީއެމްއެލުން ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، އެރަށުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފުކުރެވުމަކީ ބޭންކަށް ލިބުނު އުފަލެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް ފަސޭހަކަމާއެކު 24 ގަޑިއިރު ކުރެވޭނެ ކަމަށެވެ.

މާޅޮހުގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މާޅޮހުގައި މި ހިދުމަތް ފެށީގެން ދިޔުމާއިއެކު މިހާރު ބ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ލިބިގެންދާނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 189 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC