logoEN
WAMCO TOP 1
ހިތާދޫ  ބިން ހިއްކުމުގެ މަޝްރޫޢުގެ އެމްޓީސީސީއާއި ހަވާލުކޮށްފި

ހިތާދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

8/13/2025, 8:03:14 AM

# އެމްޓީސީސީ

--

ބ. ހިތާދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

THE TRAVELLER AD

ސަރުކާރުން މި މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާއިއެވެ. އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިޔަށްދިޔައީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ފަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވުމުންނެވެ.

އެގޮތުން މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީ އެވެ.

ސަރުކާރުން ބުނީ މި މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް އަދި 25 މީޓަރުގެ 6 ފައިކަށި ލެވިގެންދާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC