
ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ ރާއްޖޭގައި ފެށިގެން ކުރިޔަށް!
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ-
ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ މިއަދު ރާއްޖޭގައި ފެށިއްޖެއެވެ.

މި އޯގަސްޓް މަހުގެ 12-14 އަށް ރާއްޖޭގައި ބޭއްވޭ މި ޖަލްސާ ކުރިއަށްދަނީ ކ. މާފުށީގައި ހުންނަ ކާނި ޕާމްބީޗް ގައެވެ.
އޭޝިއާ ޕެސިފިކް ޓެލެކޮމިއުނިޓީ އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މި ބައްދަލުވުން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލަންޑް ސިކިއުރިޓީ އެންޑް ޓެކްކޮލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ.
މި ޖަލްސާގައި ދެކުނު އޭޝިއާ ސަރަހައްދުގެ 8 ޤައުމަކުން 30 ވަރަކަށް މަންދޫބުން ބައިވެރިވެ ވަޑައިގަނެއެވެ. މިގޮތުން، ރާއްޖޭގެ އިތުރުން، އިންޑއާ، ބަނގްލަދޭޝް، އީރާން، ބޫޓާން، ނޭޕާލް، ޕާކިސްތާނު އަދި ސްރީލަންކާ އިން ޖަލްސާގައި ބައިވެރިވެއެވެ.
ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޖަލްސާގައި ގައި މަޝްވަރާކުރާނީ ސައުތު އޭޝިއާގެ ޤައުމުގުތަކުގައި ޓެލެކޮމިއުނިކޭޝަންގެ އައު ޚިދުމަތްތަކާއި ވަޞީލަތްތައް ކުރިއެރުވުމާއި، ޒަމާނީ އައު ޓެކެނޮލޮޖީތައް އެންމެއެދެވޭގޮތުގައި ބޭނުންހިފުމާއި ބެހޭގޮތުންނެވެ. މި ޖަލްސާގައި ބައިވެރިވަނީ ސައުތު އޭޝިއާގެ ޓެލެކޮމް ރެގިއުލޭޓަރީ ދާއިރާގެ އެކްސްޕަރޓުންނެވެ.
ގުޅުންހުރި

ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ ރާއްޖޭގައި ފެށިގެން ކުރިޔަށް!

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް ފަށައިފި

ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރެވޭނީ އެންމެންގެ އެއްބާރުލުމާއިއެކު: ފައިރޫޝް
