logoEN
Sto top
ކަސްޓަމްސްގެ ޚިދުމަތާ އަލަށް ގުޅުނު 59 އޮފިސަރަކު ހުވާކޮށްފި

ކަސްޓަމްސްގެ ޚިދުމަތާ އަލަށް ގުޅުނު 59 އޮފިސަރަކު ހުވާކޮށްފި

އަހުމަދު ޝުރާއު

logo

8/11/2025, 5:55:01 AM

# ކަސްޓަމްސް ސާވިސަސް

-

ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު އޮފިސަރުން ކަސްޓަމްސް އޮފިސަރުންގެ ހުވާ ކޮށްފި އެވެ.

Wamco

މިއަދު ކަސްޓަމްސްގެ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި އޮފިސަރުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް އެވެ.

އޮފިސަރުން ހުވައިކުރަން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ މުހައްމަދުގެ އިތުރުން ކަސްޓަމްސްގެ ވެރިން ބައިވެރިވަޑައިގެންނެވި އެވެ.

ހުވާ ލައިދެއްވުމަށް ފަހު ހުވާގެ މުހިއްމު ކަމާއި ހުވާގެ މަތީގައި ދެމިތިބުމުގެ މައްޗަށް ގާޒީ ފައިސަލް ވަނީ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

އަދި މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ މުހައްމަދުގެ ވާހަކަފުޅުގައި ވަނީ ބޯޑަރުތައް ބެލެހެއްޓުމުގައިއާއި ވިޔަފާރީތަކަށް ބޯޑަރުތައް މަގުފަހިކުރުމުގައި ކަސްޓަމްސްގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފައި އެވެ. އެކަމަނާ ވަނީ ނަޒާހަތްތެރިކަމާއި އަޚްލާޤު ދެމެހެއްޓުމަށާއި ފަޚުރުވެރިކަމާއި ވިސްނުންތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC