
--
އޮޕަރޭޝަން ހުއްޓިފައި އޮތް އެންސިސް މަސް ކާރުޚާނާ ރާއްޖޭގެ ގައުމީ މަސް ކުންފުނި، މިފްކޯއިން ގަތުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށްފި އެވެ.

މިފްކޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސައްކަތް ހުއްޓާލިތާ ދޮޅު އަހަރު ވެފައިވާ "އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ" މިފްކޯ އަށް ލިިބިގަތުމަށްޓަކައި ދިރާސާތައް ނިންމާފައިވާ ކަމަށާއި އެންސިސްއާ އެކު އެކަމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެތަން މިފްކޯއަށް ލިބިގަންނަނީ ކުއްޔަށް ކަމެއް ނުވަތަ އެއްކޮށް ގަންނަނީ ކަމެއް މިފްކޯއިން ހާމައެއް ނުކުރެއެވެ.
މިފްކޯއިން މިކަން ހާމަކޮށްފައިމިވަނީ އެ ފެކްޓްރީ ގަތުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.
ދަޅުގައި މަސް ބަންދުކުރުމަށް ޤާއިމްކޮށްފައިވާ 25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއްކަމަށްވާ "އެންސިސް މަސް ފެކްޓްރީ" ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ 9 ވަނަ ދުވަހުއެވެ. މިއީ ގްރޭޓަރ މާލޭ ސަރަޙައްދުގައި މިހާތަނަށް ހިންގަމުން އައި އެންމެ ބޮޑު މަސް ކާރުޚާނާއެވެ. "އެންސިސް މަސް ފެކްޓްރީ"ގައި ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ޤާބިލްކަން ހުރެއެވެ. އަދި 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރުމުގެ ޤާބިލުކަންވެސް މި ކާރުޚާނާގައި ހުރެއެވެ. މީގެ އިތުރުން މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ގަސްކާނާ ބަންދުކުރެވޭނެ ފިޝްމީލް ޕްލާންޓެއްވެސް އެ ކާރުޚާނާގައި ގާއިމުކޮށްފައިވެއެވެ.
ދުއިސައްތައެއްހާ މުވައްޒަފުންނާއެކު ހިންގަމުން އައިި އެންސިސް މަސް ކާރުޚާނާ ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ، ކުރީ ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމެވެ. މިއާއެކު އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނުކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ގުޅުންހުރި

މިމަހު މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށަނީ
.webp&w=3840&q=75)
ތިނަދޫ މަސް ގަންނަ މަރުކަޒު އަންނަ އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެންނަން މަސައްކަތްކުރަނީ

އޮޕަރޭޝަން ހުއްޓިފައި އޮތް އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ
