
-
ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން އޮގަސްޓު 8 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވިލިމާލެ ފްލެޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 33.41 ގުރާމު ކަމަށެވެެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ވިލިމާލެ ޕޮލިހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި

ރައީސް، ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި
ވިލިމާލޭގެ އެކި ސަރަހައްދުތަކުން 37 ޓަނަށް ވުރެ ގިނަ ކުނި ނަގައިފި




