
ތެލެސީމިއާ ސެންޓަރަށް ބެކަޕް ކަރަންޓު ލިބުނު ، ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވޭ!
# ތެލެސީމިއާ-
މިއަދު މާލެއިން ކަރަންޓު ކެނޑުނު ވަގުތު ތެލެސީމިއާ ސެންޓަރުގެ ހިދުމަތް މެދުކެނޑުނުކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކައް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ރައްދުދީފި އެވެ.

ހުޅުމާލެ އޮރެންޖު ހިޔާއަށް ދާދި ފަހުން ބަދަލުކުރި ތެލެސީމިއާ ސެންޓަރު ހިންގުން ހަވާލުކޮށްފައިވަނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއިއެވެ. މިއަދު ހެނދުނު 09:30 ހާއިރު މާލެއާއި ހުޅުމާލެއިން މުޅިންހެން ކަހަލަ ގޮތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށްފަހު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވުނު ކަމަށް ސްޓެލްކޯއިން ބުނަނީ މިއަދުގެ މެންދުރު 12 ގެ ފަހުންނެވެ.
ތެލެސީމިއާ ސެންޓަރުން ކަރަންޓު ކެނޑި ހިދުމަތް ހުއްޓާލިކަމަށް ބުނެ ދައުރުވަމުންދިޔަ ވާހަކަތަކައް ރައްދުދެއްވައި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ ކަރަންޓު ކެނޑިފައި ހުރި ވަގުތުގައި ވެސް ތެލަސީމިއާ ސެންޓަރުގައި ސްޓެލްކޯ ކަރަންޓު ހުރި ކަމަށާއި ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓްވެސް ފޯރުކޮށްދެވުނު ކަމަށެވެ.
އަދި ލޭއެޅުން މެދުކަނޑާލާފައި ނުވާކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު ކަމަށެވެ. ނަމަވެސް ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވާކަމުގެ ޔަގީންވެސް އޭނާ ދެއްވި އެވެ.
ހަލީމް ވަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުން ހުއްޓާލެއްވުމަށް އިލްތިމާސްކުރައްވާފައި އެވެ.
ގުޅުންހުރި

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި

ތެލެސީމިއާ ސެންޓަރަށް ބެކަޕް ކަރަންޓު ލިބުނު ، ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވޭ!

އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ޚިދުމަތް ދޭން ފަަށައިފި




