
--
މޯލްޑިވިއަން ބްލަޑް ސަރވިސް ގެ ޚިދުމަތް، ހުޅުމާލޭގެ އޮރެންޖު ހިޔާއަށް މިއަދު ބަދަލުކޮށްފިއެވެ.

ހުޅުމާލޭގެ އޮރެންޖް ހިޔާއަށް އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރީ މާލޭގައި ހުންނަ މޯލްޑިވިއަން ބްލަޑް ސަރވިސް ގެ އިމާރާތް ބައުވެ ހަލާކުވުމާއި ގުޅިގެންނެވެ.
މިއަދަކީ ބައިނަލް އަޤްވާމީގޮތުން ފާހަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ.
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ. އެތަނުގެ މަސައްކަތް އަވަހަށް ނިންމުމަށް ރައީސްގެ އިރުޝާދުގެ ދަށުން ސިފައިނާއި ހަވާލުކުރީ މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އޭޕްރީލް މަހުގެ ތިރީސް ވަނަ ދުވަހުއެވެ. މިއަދު ވަނީ ސެންޓަރު މިނިސްޓްރީ އާއި ހަވާލުކޮށްފައެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ، އޮރެންޖު ހިޔާގައި އަލަށް ޚިދުމަތް ފޯރުކޮށްދޭން ފަށާ ތެލެސީމިއާ އެންޑް އަދަރ ހިޔުމޯގްލޯބިނޯޕެތީސް ސެންޓަރަށް މިއަދު ލޭ ހަދިޔާކޮށްފައެވެ.
ގުޅުންހުރި

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި

ތެލެސީމިއާ ސެންޓަރަށް ބެކަޕް ކަރަންޓު ލިބުނު ، ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވޭ!

އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ޚިދުމަތް ދޭން ފަަށައިފި




